މި މަޝްރޫއަށް ބިޑް ހުށަހެޅުން އޮންނާނީ މިމަހުގެ 13 ބުދަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ބިޑް ހުށަހަޅަންޖެހޭނީ ވެލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ ޓޫރިޒަމް މިނިސްޓްރީގަ އެވެ.

ކ. ކާށިދޫ ފަޅުން ކަނޑައެޅިފައިވާ ސަރަޙައްދަކާއި ނ. ފަރުމުލި، ފަތުރުވެރި ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދޫކުރުމަށްޓަކައި ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ގެނެސްފައިވާ ބަދަލާއެކު ބިޑް ފޮތް ގަތުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ. އަދި އިތުރު މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިމަގެ 15 ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ބައްދަލުވުން ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ވާޗުއަލްކޮށެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހެ އެވެ.
މި މަޝްރޫއަށް ބިޑް ހުށަހެޅުން އޮންނާނީ މިމަހުގެ 13 ބުދަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ބިޑް ހުށަހަޅަންޖެހޭނީ ވެލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ ޓޫރިޒަމް މިނިސްޓްރީގަ އެވެ.
ކާށިދޫ ފަޅުގައި ރިސޯޓް ހަދަން މިދިޔަ ދެ ވެރިކަމުގައިވެސް މަަސައްކަތް ކުރި އެވެ. ނަމަވެސް އެކަމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެ އެވެ. މި ވެރިކަމުގައިވެސް ދެ ފަހަރެއްގެ މަތިން ފުރުސަތު ހުޅުވާލާފައިވެއެވެ. މިގޮތުން އެންމެފަހުން ފުރުސަތު ހުޅުވާލައި އިތުރު ލުއިތަކެއްވެސް ވަނީ ދީފަ އެވެ. އަދި ނ. ފަރުމުލީގައި ޓޫރިޒަމް ބޭނުމަށް ތަރައްގީކުރުމަށްޓަކައި، ނ. މާފަރުގެ އިހުތިސާސުން ވަކިކޮށް ރިސޯޓު ހެދުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ 2025 ގަ އެވެ.