މި ލަކީ ޑްރޯގައި އެސްޓޯއީ ރަމަޒާން ބާޒާރު ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ނަސީބުވެރި ފަރާތް ހޮވިގެން ދިޔައެވެ. މި ލަކީ ޑްރޯގެ ނަށިބުވެރި ފަރާތަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދެވެ.

މި ލަކީ ޑްރޯ ނެގުން ކުރިއަށް ގެންގޮސްފައިވަނީ 31 މާރިޗު 2026 ވީ އަންގާރަ ދުވަހު، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އައުޓްލެޓްގަ އެވެ.
މި ލަކީ ޑްރޯގައި އެސްޓޯއީ ރަމަޒާން ބާޒާރު ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ނަސީބުވެރި ފަރާތް ހޮވިގެން ދިޔައެވެ. މި ލަކީ ޑްރޯގެ ނަށިބުވެރި ފަރާތަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދެވެ.
އެސްޓީއޯ އިން މި އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ބޭއްވި ރަމަޒާން ބާޒާރު ކުރިއަށް ދިޔައީ 15 ޑިސެމްބަރު 2025 ން ފެށިގެން 18 މާރިޗު 2026 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކުން ވަރަށް އަގުހުރި ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދިޔައެވެ. އެގޮތުން އާއްމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ، ފިލިޕްސް އަދި ރަސެލްސް ހޮބްސް ބްރޭންޑުގެ ގޭތެރޭގައި ބޭނުން ކުރާ ގިނަ ސާމާނަކުން ބޮޑެތި ޑިސްކައުންޓްތަކެއް ވަނީ އަޅުވާފަ އެވެ.
އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް މިފަދަ ވަރަށް އަގުހުރި ޕްރޮމޯޝަންތައް ބާއްވަމުންދެއެވެ. މި ޕްރޮމޯޝަންތަކުގެ މައިގަނޑު މަގްސަދަކީ ރޯދަ މަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށް ދިނުމެވެ.