އީރާނު ވަފުދު ދިޔައީ އަމިއްލަ ބޯޓެއްގަ ޝަހީދުކޮށްލި ކުދިންގެ ފޮޓޯތަކާއެކު

އީރާނުގެ ވަފުދުގެ މި ދަތުރުގައި ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ އެމެރިކާއިން ޝަހީދުކޮށްލާފައިވާ އެ ގައުމުގެ ކުދިންގެ ފޮޓޯތައް ގޮނޑިތަކުގައި ހަރުކޮށްފައިވުމެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ހުލްހައިގެ ވާހަކަތަކަށް ދަތުރު ކުރި ބޯޓުގަ

އިސްރާއިލް އާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ މަދަނީ ބޯޓުތަކެއް ހަލާކޮށްލިނަމަވެސް އީރާނުން މިއަދު ސުލްހައިގެ ވާހަކަތަށް ދިޔައީ އެ މީހުންގެ އަމިއްލަ ބޯޓެއްގަ ޝަހީދުކޮށްލި ސްކޫލް ކުދިންގެ ފޮޓޯތަކާއެކުގަ އެވެ. 

އެމެރިކާ އަށް މަޖުބޫރު ވެގެން އީރާނާއެކު މިއަދު ފަށާ ސުލްހައިގެ ވާހަކަތަކަށް އީރާނުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގަތް ވަގުތުގައި އިސްކޮށް ހިމެނިވަޑައިގަންނަވަނީ އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އެވެ. އަދ މި ވަފުދުގައި އީރާނުގެ ޚާރިޖީ ވަޒީރާއި، ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ އިތުރުން ސަލާމަތީ އިސް ބޭފުޅުންވެސް ހިމެނެ އެވެ. 

 މި ވަފުތު ދަތުރު ކުރަނީ ޕާޖިސްތާނުގެ ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށް ހުޅަނގުން ހަބަރު ފެތުރިނަމަވެސް އީރާނުގެ ވަފުދުން ދިޔައީ އެ ގައުމުގެ އެއާލައިނެއް ކަމަށްވާ މިރާޖު އެއާލައިންގެ ބޯޓެއްގަ އެވެ. 

އީރާނުގެ ވަފުދު ޕާކިސްތާނަށް ކުރި މި ދަތުރުގައި ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ އެމެރިކާއިން ހަމަލާދީ ޝަހީދުކޮށްލާފައިވާ އެ ގައުމުގެ އަންހެން ކުދިން ކިޔަވާ ސްކޫލެއް ކަމަށްވާ މިނާބްއިން ޝަހީދުވި ދަރިވަރުންގެ ފޮޓޯތައް ބޯޓުގެ ގޮނޑިތަކުގައި ހަރުކޮށްފައިވެ އެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ގައި ވިދާޅުވެފައިވާ "އެންޖެލްސް އޮފް މިނާބް" އަކީ މި ދަތުރުގެ ހަގީގީ ޗެމްޕިއަނުން ކަމަށެވެ. 

އިސްލާމްއާބާދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޤާލީބާފް ވިދާޅުވީ އީރާނުގެ ހެޔޮނިޔަތް އޮތް ނަމަވެސް އެމެރިކާއަށް ކުރާ އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މަޝްވަރާތަކުން ނަތީޖާއެއް ނުނުކުމެއްޖެނަމަ އަލުން ހަމަލާދޭނެކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް، މުޅި ދުނިޔެ މިހާރު އިންތިޒާރު ކުރަމުންދަނީ މިއަދު ހަވީރު ފެށޭ މި ބައްދަލުވުމުން ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި ހަނގުރާމަ ހުއްޓާލުމަށް މަގުފަހިވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.