ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެ، ދ. މީދޫގެ ވޯޓު ފޮއްޓެއް އަލުން ގުނަނީ

އެނގިފައިވާ ގޮތުގައި، މި މައްސަލަ ފެންމަތިވެފައިވަނީ ވޯޓެއް ބާތިލުކުރުމާ ގުޅިގެންނެވެ.

ކައުންސިލް އިންތިހާބުގެ ތައްޔާރީތަކުގައި އީސީގެ އޮފިޝަލުން --

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ދ. މީދޫގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރު، އެ ދާއިރާގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އީސީން މިއަދު ބުނީ، މީދޫ ކައުންސިލްގެ ރައީސްގެ ވޯޓާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ބަލައި އަލުން ގުނުމަށް ނިންމާފައިވަނީ ދ. މީދޫގައި ބެއްހެއްޓި 2 ނަންބަރު ވޯޓު ފޮށި ކަމަށެވެ. މި ފޮށި ގުނުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގަ އެވެ.

އެނގިފައިވާ ގޮތުގައި، މި މައްސަލަ ފެންމަތިވެފައިވަނީ ވޯޓެއް ބާތިލުކުރުމާ ގުޅިގެންނެވެ.

މިގޮތުން، އެ ވޯޓު ބާތިލުކޮށްފައި ވަނީ ދ. މީދޫ ކައުންސިލު ރައީސް ހޮވުމަށް ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ހަތަރު މީހަކު ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ވޯޓުލާން ފޮނަދޫއަށް ނުދިޔަ ނަމަވެސް އެ ފޮއްޓަށް ހަތަރު މީހަކު ވޯޓުލާފައިވާ މައްސަލައެއްގަ އެވެ.

އެ ވޯޓު ބާތިލުކުރުމުން މީދޫގެ ރައީސްކަމަށް ކުރިމަތިލީ ތިން ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓަކަށް ލިބުނު ވޯޓު ވަނީ އެއްވަރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.