އިދާރާތަކުގެ ބަޖެޓު ހަރަދު 6.7 ބިލިއަން އިތުރުވުމެއް

ފިސްކަލް ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުން ވަނީ ޖުމްލަ 19.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 12.4 ބިލިއަން ރުފިޔާ ގަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު، މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީން

މި އަހަރުގެ މިހާތަނަށް ސަރުކާރުގެ އިދާރާތަކުން ދައުލަތުގެ ބަޖެޓުން ކުރި ހަރަދު މިދިޔަ އަހަރަށްވުރެ 6.7 ބިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުން ވަނީ ޖުމްލަ 19.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 12.4 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު 6.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކުން އެންމެ ބޮޑު ހޭދައެއް ފެންނަން އޮތީ 'ސްޕެޝަލް ބަޖެޓް' އިންނެވެ. މި ބަޖެޓުން މި އަހަރުގެ މިހާތަނަށް 11.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 5.7 ބިލިއަން ރުފިޔާ ގަ އެވެ. މިއީ ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ.

ބަޖެޓުން ގިނައިން ހަރަދުކުރި އިދާރާތައް

  •  މިނިސްޓްރީ އޮފް އެޑިޔުކޭޝަން - 1.07 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 903.7 މިލިއަން)
  •  މޯލްޑިވްސް ޕޮލިސް ސާވިސް - 605.8 މިލިއަން ރުފިޔާ (މިދިޔަ އަހަރު 586.4 މިލިއަން)
  •  މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ - 698.6 މިލިއަން ރުފިޔާ (މިދިޔަ އަހަރު 598.7 މިލިއަން)
  •  އައިޖީއެމްއެޗް - 439.7 މިލިއަން ރުފިޔާ (މިދިޔަ އަހަރު 337.7 މިލިއަން)

ފިސްކަލް ރިޕޯޓް ދައްކާ ގޮތުން ބައެއް ސަރުކާރުގެ ބައެއް އިދާރާތަކުގެ ހަރަދުތައް ކުޑަކޮށް ދަށްވެފައިވެ އެވެ. އެގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި 890.2 މިލިއަންގައި ހުރިއިރު، މިއަހަރު އެ އަދަދު ވަނީ 736.2 މިލިއަނަށް ދަށްވެފަ އެވެ. 

ފިސްކަލް ރިޕޯޓް ދައްކާ ގޮތުން ޖުމްލަ ހަރަދު ހުރީ 10,1 ބިލިއަން ރުފިޔާގަ އެވެ. މީގެ ތެރޭން ރިކަރަންޓް ހަަރަދުގެ އަދަދު ހުރީ ނުވަ ބިލިއަން ރުފިޔާގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.