ފުލުހުން ބުނީ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބުނީ މިރޭ 18:20 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބުނީ މިރޭ 18:20 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. އެމީހާ ވެއްޓިފައި ވަނީ އެ އިމާރާތުގެ 10 ވަނަ ފްލޯއިން ޖެހިގެން ހުރި ގޭ ފުރަޅު މައްޗަށެވެ.
ފުލުހުން ބުނެފައިވަނީ އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.