އަލްޖަޒީރާ މުބާޝިރުގެ ރިޕޯޓަރު، މުޙައްމަދު ވަޖުދީ (މުޙައްމަދު އަބޫ ދަހްރޫޖް) ގެ ދަރިފުޅު ސުމައްޔާ ވަނީ އަލްޖަޒީރާގެ ލައިވްއަށް އަރާފަ އެވެ.

ފަލަސްތީނުގެ ގާޒާގައި އިއްޔެ ދިން ޓެރެރިސްޓް ހަމަލާއެއްގައި ޝަހީދުކޮށްލި އަލްޖަޒީރާގެ ނޫސްވެރިޔާ މުޙައްމަދު ވަޖުދީގެ އަންހެން ދަރިފުޅާ ލައިވްއަށް އަރައި ހާލަތު ގެނެސްދިނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ގާޒާގައި އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އަލްޖަޒީރާ މުބާޝިރުގެ ރިޕޯޓަރު، މުޙައްމަދު ވަޖުދީ (މުޙައްމަދު އަބޫ ދަހްރޫޖް) ގެ ދަރިފުޅު ސުމައްޔާ ވަނީ އަލްޖަޒީރާގެ ލައިވްއަށް އަރާފަ އެވެ.
ލައިވްގައި އޭނާ ބުނެފައިވަނީ ނޫސްވެރިކަމުގެ ދާއިރާއަށް އޮތް ލޯތްބާއި، އެ މަސައްކަތުގައި ކުރިމަތިވެދާނެ ނުރައްކަލަކަށް ބިރުނުގަންނަކަން ހާމަކޮށްފިއެވެ. އަދި ސުމައްޔާ ބުނީ، ނޫސްވެރިންނަށް އަމާޒުކޮށް ދެވޭ ހަމަލާތަކާ މެދު އޭނާ ކަންބޮޑުނުވާ ކަމަށެވެ.
"ނޫން، އަހަރެން ބިރެއް ނުގަނޭ. އަހަރެންގެ ހުރިހާ ކަމެއް މާތްﷲއަށް ވަކީލުކޮށްފިން،" ސުމައްޔާ ބުނެފައިވެ އެވެ.
އިސްރާއިލުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް އަލްޖަޒީރާގެ 11 ނޫސްވެރިން ވަނީ ޝަހީދުކޮށްލާފަ އެވެ. މީގެ ތެރޭގައި ސާމިރު އަބޫ ދައްގާ އާއި ހަމްޒާ ދަހްދޫހް ފަދަ ފާހަގަކޮށްލެވޭ ނޫސްވެރިން ހިމެނެއެވެ.