ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވާލައިފި | އައިސްޕްލާންޓް އަނދައި، އެކަކު ފިހިއްޖެ

އަލިފާން ކޮންޓްރޯވި ނަމަވެސް ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު ފިހިގެން މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވާލާފައި -- ފޮޓޯ: އެމްއެންޑީއެފް

ފ. ފީއަލީގެ ތެޔޮ ޖެޓީގައި އޮތް ތެތޮ ބޯޓެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި އެވެ.

އަލިފާން ކޮންޓްރޯވި ނަމަވެސް ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު ފިހިގެން މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމީހާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 9:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި އެ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. 

އަދި އެ ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައި އަލިފާން ހިފައި، އެތަން ވަނީ އަނދާ ހުލިވެފަ އެވެ.

އޭގެ އިތުރުން، އެސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ގާތްގަނޑަކަށް 10:35 ހާއިރު އަލިފާން ނިއްވާލެވިފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.