ފުލުހުން ބުނީ ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި ރޯވެފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 9:15 ގައި ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި ރޯވެފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 9:15 ގައި ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެ ފިހުމާ ގުޅިގެން ފ. ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓަކީ އެހެން ބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުން ކުރަމުން އަންނަ ބޯޓެކެވެ.