އެމްޕީއެލް ވެސް ހަރަދުކުޑަ ކުރަން ފިޔަވަޅުތަކެއް

ބައެއް މުވައްޒަފުން އޮފީހަށް ދާ ވަގުތުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ

އެމްޕީއެލްގެ އަހަރީ އާއްމު ޖަލްސާ -- އެމްޕީއެލް

މެދުއިރުމަތީގައި ހިނގާ ހަނގުރާމަ އާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް މޯލްޑިވްސް ޕޯޓްލްސް ލިމިޓަޑް (އެމްޕީއެލް) އިން ވެސް ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ހަރަދު ކުޑަ ކުރުމަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަތް ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރަން ވަނީ ނިންމައިފަ އެވެ. އެމްޕީއެލްގެ އެ މުވައްޒަފުން މީގެ ކުރިން މަސައްކަތް ކުރަނީ ހެނދުނު 7:30 އިން 15:30 އަށެވެ. އާ އުސޫލުގެ ދަށުން އޮފީސް ގަޑި ނިމޭނީ 2:00 ގަ އެވެ. 

އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ދުވާލަކު އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ނުކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. 

އޭގެ އިތުރުން ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމާއި ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިޔަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްތައް ވެސް އޮންލައިން ކޮށް ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ކަރަންޓުގެ އިސްރާފު ކުޑަ ކުރުމަށް މުވައްޒަފުން ހޭލުންތެރިކުރުވުމާއި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ފަސް ކުރުމަށް ވެސް އެމްޕީއެލް އިން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.