ދަރުމަވަންތަ، އައިޖީއެމްއެޗް ކަރަންޓުގެ މައްސަލަ ހައްލުކުރަން އަވަސް ފިޔަވަޅު

ސްޓެލްކޯ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ވަނީ މި މައްސަލަ ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އަލަން މަޝްވަރާކޮށްފަ އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި ސްޓެލްކޯގެ އިސްވެެރިންގެ މެދުގައި ބޭއްވި ބައްދަލުވުން -- ސްޓެލްކޯ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންގެންދާ އައިޖީއެމް ހޮސްޕިޓަލާއި، ދަރުމަވަންތަ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރަން ފިޔަވަޅުތަކެއް އަލަން ސްޓެލްކޯއާއެކު މަޝްވަރާތަކެއްކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ މިދެ ހޮސްޕިޓަލަށް ކުރިމަތިވާ ކަރަންޓުގެ ހައްލުކުރުމާ ގުޅޭގޮތުން މިކުންފުންޏާއެކު، މަޝްވަރާކުރުމަށް ވަނީ މުހިންމު ބައްދަލުވުމެއް ބާއްވާފައި އެވެ.

އެ ކުންފުނިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ހޮސްޕިޓަލްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމާއި، ދިގު މުއްދަތަކަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި ސްޓެލްކޯ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމާއި، ދެ ކުންފުނީގެ އިސްވެރިންނެވެ. 

މާލެއިން ކަރަންޓުދޭ ހާލަތްތަކުގައި ބައެއް ފަހަރު ދަރުމަވަންތަ ހޮސްޕިޓަލް އައި އައިޖީއެމްއެޗްއަށް ދަތިތަކާ ކުރިމަތިވެ އެވެ. މިގޮތުން ބައެއް ފަހަރު ލިފްޓްތަކުގައި މީހުން ތާށިވުންފަދަ ހާދިސާތައް ހިނގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.