މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި، ސިކްސް ސެންސަސް ލާމު ރިސޯޓް ކައިރީގައި އޮންނަ ފަރަކަށެވެ.

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި، ސިކްސް ސެންސަސް ލާމު ރިސޯޓް ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ގޮސް ދިވެއްސަކު ގެއްލިއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަބީ ރޭ ދަންވަރު 01:25 ހާއިރު އެވެ،
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތިބި ކަމަށާއި އޭގެތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައި ކަމަށް ފުލުހުން މަޢުލޫމާތުދެ އެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އެ ހާދިސާގައި ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެ އެވެ، އަދި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހަމައެހެންމެ މި ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރެއެވެ.