ޕެޓިޝަނުގައި އިތުރަށް ވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަންގެ ހައިސިއްޔަތުން މެންބަރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ގަޕީ ނުކުޅެދިފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ އޭނާ މަގާމުން ވަކިކުރުން ކަމަށެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ 55 މެންބަރުން ސޮއިކޮށް، އޭނާގެ އިތުރުބާރު ނެތް ކަމަށް ޕެޓިޝަނެއް ހުށަހަޅާފައިވަނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަ ދައްކަވަން ފުރުސަތު ނުދިން މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އެ ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރާ ޕާޓީގެ މެންބަރުން ވަނީ އެޖަލްސާ ބޮއިކޮޓްކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ޕާޓީގެ އެތެރޭގެ މަސްލަހަތު ވަނީ ހޫނުވެފަ އެވެ.
ގަޕޯ ވަކިކުރަން ހުށަހެޅި އެ ޕެޓިޝަނުގައި ވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި، އޭނާ ނިންމުންތައް ނިންމަވަނީ އެހެން ފަރާތަކުން އަންގާ ގޮތަށް ކަމަށެވެ.
އަދި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކުއްލި ގޮތަށް ޕާޓީގެ ލީގަލް އެޑްވައިޒަރު އަހުމަދު މައުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިންރާހިމް ވަހީދު ވަކިކުރުންވެސް ބަލައިނުގަންނަ ކަމަށާއި، އެ ދެ ބޭފުޅުން ވަކިކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށްވެސް އެ ޕެޓިޝަނުގައިވެ އެވެ.
ޕެޓިޝަނުގައި އިތުރަށް ވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަންގެ ހައިސިއްޔަތުން މެންބަރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ގަޕީ ނުކުޅެދިފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ އޭނާ މަގާމުން ވަކިކުރުން ކަމަށެވެ.
އެހެންކަމުން އެ ހުށަހެޅުމަށް ވޯޓަށް އެހުމަށް، ވީހާވެސް އަވަހަކަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށްވެސް އެދިފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމުން ވަކި ކުރެވޭނީ ގައުމީ މަޖިލީހަށް ހާޒިރުވެ، ވޯޓު ދޭ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެ މަޖިލީހުގައި 123 މެންބަރުން ތިބޭއިރު، ކޯރަމް އަކީ 31 މެންބަރުންނެވެ.
އެމްޑީޕީ ދެބައިވުމަށް ފަހު އަލުން ނަޝީދު އެ ޕާޓީ އާ ގުޅިވަޑައިގެންނެވި ފަހުން ނަޝީދާއި ފައްޔާޒް ހުންނެވީ އެއް ފެކްޝަނެއްގަ އެވެ. އަނެއްކޮޅުގައި ތިއްބެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިހާރުގެ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ އެވެ.