އެނގިފައިވާ ގޮތުގައި ސަލްމާގެ މަގާމު އިއްޔެ ވަނީ އަލުން އިޔާދަކޮށްފަ އެވެ. ނަމަވެސް މުންދު އަލުން މަގާމަށް އައްޔަނު ކޮށްފައެއް ނުވެ އެވެ.

ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގައި ހުންނެވި ހުންނެވި ޑރ. ސަލްމާ ރަޝީދުގެ މަގާމު އިޔާދަ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަސްމާ ރަޝީދުގެ އޯޑިއޯ ލީކުވެފައިވަނިކޮށް، މިދިޔަ ހޯމަ ދުވަހު ވަނީ ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގައި ހުންނެވި އޭނާގެ ދަރިކަލުން މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި އޭނާގެ ކޮއްކޮ ޑރ. ސަލްމާ މަގާމުން ވަކިކޮށްފަ އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ އެ އޯޑިއޯގައި އަސްމާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ސިޔާސީ ގޮތުން އޭނާއާ މެދު އެޅޭނެ ފިޔަވަޅެއް ނޯންނާނެކަމަށް ވެސް އެ އޯޑިއޯގައި އަސްމާ ވިދާޅުވެ އެވެ.
އެނގިފައިވާ ގޮތުގައި ސަލްމާގެ މަގާމު އިއްޔެ ވަނީ އަލުން އިޔާދަކޮށްފަ އެވެ. ނަމަވެސް މުންދު އަލުން މަގާމަށް އައްޔަނު ކޮށްފައެއް ނުވެ އެވެ.
ސަލްމާގެ މަގާމު އިޔާދަކުރި ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ސަފީރުންގެ ލިސްޓަށް އޭނާގެ ނަން މިހާތަނަށް އިތުރުކޮށްފައެއް ނުވެ އެވެ.