ފުރަތަމަ ދެ މަހު ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ ދެ މަހު ރާއްޖެއަށް 67,082 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު އައި 61,503 ޓޫރިސްޓުންނާ އަޅާބަލާއިރު 9 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އާއިލާއެއްގައި ހިމެނޭ ކުއްޖެއް ވީއައިއޭގައި -- އެމްއޭސީއެލް

މި އަހަރުގެ ފުރަތަމަ ދެ މަހު ޓޫރިޒަމަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ ދެ މަހު ރާއްޖެއަށް 67,082 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު އައި 61,503 ޓޫރިސްޓުންނާ އަޅާބަލާއިރު 9 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި މުއްދަތުގައި ޓޫރިސްޓުން ރާއްޖޭގައި 2,924,083 ރޭ ވަނީ ހޭދަކޮށްފަ އެވެ. މިއީ ކުރީ އަަހަރު ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި 2,732,247 ރޭގެ އަދަދުން ބަލާނަމަ ހަތް ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ އާމްދަނީގެ ގޮތުންބަލާނަމަ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

އަދި މި މުއްދަތުގައި ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ ހުރީ 74.1 ޕަސެންޓުގަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު ރާއްޖޭގެ އޮކިއުޕެންސީ ހުރި 75.4 ޕަސެންޓާ ބަލާއިރު 1.0 ޕަސެންޓް ދަށްވުމެއް އައިސްފަ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖެއަށް 680,296 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.