ޝީޓް ޕައިލްކުރަން މަސްވެރިންގެ ޕާކާއި ބީއެމްއެލްއާ ދެމެދު އޮންނަ ފަޅާއި މަގު ބަންދު

އެގޮތުން މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް އޮންނަ މަގާއި މަގާ އިންވެގެން އޮންނަ ފަޅު ބަންދުވާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

ބޮޑުތަކުރުފާނު ހެދުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން، މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަމައަށް އޮންނަ މަގާއި ފަޅު މިއަދުން ފެށިގެން ބަންދު ކޮށްފި އެވެ.

އެމްޓީސީސީން ރޭ ބުނީ ބޮޑުތަކުރުފާނު މަގުގެ އެއްވަނަ ފިޔަވަހީގެ ސެގްމަންޓް 2 އިން ފެށިގެން 4 އާ ހަމައަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް އޮންނަ މަގާއި މަގާ އިންވެގެން އޮންނަ ފަޅު ބަންދުވާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

މަގު ހަދަން ފަޅު ބަންދުކޮށްފައިވާއިރު، އެތަނަކީ ރަށްރަށާއި ރިސޯޓުތަކަށް ދަތުރުކުރާ ގިނަ އަދަދެއްގެ ލޯންޗު ގާތްކުރާ ސަރަހައްދެކެވެ.  

އެމްޓީސީސީން ވަނީ އެ ސަރަޙައްދުގެ ފަޅުގައި މިވަގުތު އަޅާފައި އޮތް ދޯނިތަކާއި ލޯންޗްތައް ހުސްކުރުމަށް އެތަކެތީގެ ވެރިފަރާތައް އަންގާފަ އެވެ.
 
މި މަސައްކަތުގެ ތެރެއިން ތަރައްގީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.