ބަދަލުގައި އީރާނުން ވަނީ ހުރުމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން ހުޅުވަން އެއްބަސްވެފަ އެެވެ، މި ކާމިޔާބީއާއެކު އީރާނުގެ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ އުފާ ފާޅު ކުރަމުންނެވެ. އިސްރާއިލް އޮތީ ހިތްދަތި ކަމުގަ އެވެ.

އީރާނުގެ ޑިމާންޑަށް އެމެރިކާ އިން އެއްބަސްވަން ޝަރުތުކޮށް ހަނގުރާމަ ދެ ހަފުތާގެ މެދުކަނޑާލުމާއެކު ވާހަކަތައް ފަށަން ނިންމައިފި އެވެ.
އެމެރިކާ އިން އީރާނަށް ގެއްލުންދެނިވި ހަމަލާތަކެއް ދޭނެ ކަމަށް ބުނެ ބިރު ދެއްކުމަށްފަހު އެންމެފަހު ވަގުތު އެމެރިކާ އިން ވަނީ އީރާނުގެ ޝަރުތުތައް ގަބޫލުކޮށްފަ އެވެ. މިއީ މި އެމެރިކާއަށް މި ހަނގުރާމަ އިން ލިބުނު ކާމިޔާބީއެއް ކަމަށް ވައިޓްހައުސް އިން ބުނެފައިވެ އެވެ.
ނަަމަވެސް މިއީ އީރާނުގެ ރައްޔިތުންނަށް ލިބުނު ނަސްރެއް ކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ވަނީ މަގުތަކުގައި ސަރުކާރާ އެއްކޮޅަށް އަޑު އުފުލަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ އިން ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައިވަނީ އީރާނުން ހުށަހެޅި ގިނަ ކަންތައް ހިމެނޭ ހުށަހެޅުމަކަށް ބިނާކޮށެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން އަލުން ހުޅުވާލުމަށް ވެސް އެއްބަސްވެފަ އެވެ.
ހަނގުރާމަ މެދުކަނޑާލުމާއެކު އެންމެ ހިތްދަތިވެގެންދާނީ އިސްރާއިލް އެވެ. ސަބަބަކީ މި ހަނގުރާމައިން ނަތީޖާއެއް ނުނުކުމެ އެގައުމަށް ބޮޑު ގެއްލުމެއް ވެފައިވުނެވެ. އެހެންވެ އިސްރާއިލުގެ ޓީވީތަކުން ރޭ ވަނީ ސުންގަނޑި ކައިރިވަމުން ދިޔައިރު ސުންގަޑި ގުނާފަ އެވެ. އެމީހުން ޔަގީންކޮށްގެން ތިބީ އެމެރިކާ އިން ވަރުގަދަ ހަމަލާއެއް ދިނުމުން އީރާނު އަމާން ދޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެމެރިކާ އިން ގޮށްމުށުގެ ބާރުން ކުރި އެއްވެސް ޝަރުތަކށް އީރާނުން ބޯލަނބާފައެއް ނުވެ އެވެ.
އެމެރިކާ އަށް ގަދަބާރުން ހުރުމޫޒް ކަނޑުއޮޅިވެސް ނުހުޅުވުނެވެ. އަދި އީރާނުގެ ވެރިން ޝަހީދު ކުރިނަމަވެސް ވެރިކަމުގެ ނިޒާމު ވެސް ބަލިކަށިކޮށެއް ނުލެވުނެވެ. އަދި އެމެރިކާ އިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ ހުރި ހުރިހާ މަސްލަހަތުތަކަށް އީރާނުން ހަމަލާދީ ވަނީ ހަލާކު ވެސްކޮށް؛ލި އެވެ. އަދި އީރާނުގެ ހަމަލާ ދިނުމުގެ ބުންވަރަށް ކުޑަ ވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. މީގެ ބަދަލުގައި އެމެރިކާގެ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ގެއްލި އެ ގައުމުގެ ސިފައިންގެ އެތައް ބަޔަކު ވަނީ އީރާނުގެ ހަމަލާތަކުގައި މަރުވެފަ އެވެ. އަދި އެމެރިކާގެ އިގްތިސޯދީ ހާލަތު ވަނީ ބޮޑުތަނން ގޮސްވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ "ޓްރުތް ސޯޝަލް" އެކައުންޓުގައި ބުނެފައިވަނީ އީރާނުގެ މި ހުށަހެޅުމަކީ މަޝްވަރާ ކުރެވިދާނެ އަސާސެއް ކަމަށެވެ. އަދި މި ދެ ހަފުތާގެ މުއްދަތަކީ މި އެއްބަސްވުން ދާއިމީ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.