އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުން އިބުރޭ ވަކިކޮށްފި

މަގާމުން ވަކި ކުރިކަން އިބުރޭއަށް އަންގައި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ފޮނުއްވި ސިޓީގައި ވަކި ކުރި ސަބަބެއް ބަޔާންކޮށްފައެއް ނުވެ އެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުން އިބްރާހިމް ވަހީދު (އިބުރޭ)

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވަކިކޮށްފި އެވެ. 

މަގާމުން ވަކި ކުރިކަން އިބުރޭއަށް އަންގައި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ފޮނުއްވި ސިޓީގައި ވަކި ކުރި ސަބަބެއް ބަޔާންކޮށްފައެއް ނުވެ އެވެ.

ނަމަވެސް، ޗެއާޕާސަންގެ ނައިބުކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިނުވާކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އިބުރޭގެ އިތުރުން، އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. 

އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރަން ފަށާފައިމިވަނީ، ނިމުނު ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި އިސް ބޭފުޅުންގެ މެދުގައި ޖެހުނު މައްސަލައެއް ތިލަވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން ދެކޮޅު ހެދި ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުން ވެސް ވަނީ ރޭގެ ޖަލްސާ ބޮއިކޮޓްކުރައްވައިފަ އެވެ.

ނަމަވެސް، އަބްދުލްޣަފޫރު ވަނީ ނަޝީދާއި ފައްޔާޒް ޖަލްސާ ބޮއިކޮޓް ކުރެއްވީ، އެ ދެ ބޭފުޅުންނަށް ވެސް ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެއްވަން މަސައްކަތް ކުރައްވަނިކޮށް ކަމަށް ވިދާޅުވެފަ އެވެ.

އެއާ އެކު، ކައުންސިލް އިންތިހާބުގެ ކާމިޔާބީގެ މަތީގައި، ޕާޓީ ބައިބައިނުކޮށް، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.