ވިލާއިން ގޭހުގެ އަގު ބޮޑުކުރާ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ފަށައިފި

ގޭހުގެ މައްސަލައިގައި ވިލާއާއި އެސްޓީއޯއާ ވާހަކަ ދައްކައިގެން ގޮތްތަކެއް ކަނޑައެޅެން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ކަމުގެ ތަފުސީލެއް ނުދެއްވަ އެވެ.

ވިލާ ގޭސްގެ ލުއި ފުޅިއެއް.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާއިން ގޭހުގެ އަގު ބޮޑުކުރަން ނިންމާފައިވާއިރު، އެކަމަށް ހައްލެއް ހޯދުމަށް އެސްޓީއޯ އާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އާންމުކޮށް ގިނަ މީހުން ބޭނުންކުރާ، 200ރ. އަށް ވިއްކަމުން އައި 10 ކިލޯގެ ގޭސްފުޅިއެއްގެ އަގު އަންނަ ބުރާސްފަތި ދުވަހުން  350ރ. އަށް ބޮޑުކުރަން ވިލާއިން ނިންމާފައިވާކަން އެނގިފައިވެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ކުޑަކުރަން އެކުލަވާލާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ވިލާއިން ގޭހުގެ އަގު ބޮޑުކުރަން ނިންމިކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވީ ނޫސްތަކުން ކަމަށެވެ. 

އެއާ އެކު، ވިލާގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ސިޔާދް ގާސިމްއާ ވާހަކަ ދައްކަވައިގެން އެ މައްސަލަ ދެނެގަތުމަށް މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، ވިލާއާއި އެސްޓީއޯއަށް ގޭހުގެ އާ ޝިޕްމަންޓެއް މިރޭ ލިބޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ، ގޭހުގެ އަގު މެނޭޖުކުރުމުގައި ހެދޭނެ ގޮތްތަކާ މެދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު މިއަދު ވަރަށް ގިނައިރު މަޝްވަރާ ކުރެއްވި ކަމަށެވެ.

މިގޮތުން، ގޭހުގެ މައްސަލައިގައި ވިލާއާއި އެސްޓީއޯއާ ވާހަކަ ދައްކައިގެން ގޮތްތަކެއް ކަނޑައެޅެން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ކަމުގެ ތަފުސީލެއް ނުދެއްވަ އެވެ.

ސައީދު ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު މަހަކު އެއް ފަހަރު ކަނޑައަޅާއިރު، ސައުދީގެ ތެޔޮ ކުންފުނި އަރަމްކޯގައި ގޭސް ޓަނެއް ވިއްކަނީ ގާތްގަނޑަކަށް 775 އެމެރިކާ ޑޮލަރަށް ކަމަށެވެ.

މިގޮތުން، އެސްޓީއޯއިން މި މަހު ގޭހުގެ އަގު ކަނޑައެޅުމުގައި ބަލާފައި ވަނީ އެ ގައުމުގެ އަގުތަކަށް ކަމަށާއި ގޭހުގެ އަގު ކަނޑައެޅުމުގައި އޮންނަ މުއްދަތު ދިގުލާ ކަމަށް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.