ކެންސަލްވާ ފްލައިޓް މަދުވެ، ގިނަ ފްލައިޓްތަކުގެ ސީޓް ކެޕޭސިޓީ އިތުރުވެއްޖެ

ޓޫރިޒަމް މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި ރަޝިއާއިން އަންނަ އޭރޯފްލޯޓުގެ ކެޕޭސިޓީ ވަނީ 95 ޕަސެންޓަށް މައްޗަށް ޖައްސާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ދުވާލެއްގެ މައްޗަށް ކެންސަލްވާ ފްލައިޓުގެ އަދަދު 20 އިން 16 އަށް ދަށްވެ، އަންނަ ފްލައިޓުގެ ކެޕޭސިޓީ އިތުރު ވެގެން ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ދިރާސާކޮށް ފިޔަވަޅު އަލަން އުފައްދާފައިވާ ކޮމެޓީން މިއަދު ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މިދިޔަ މާރިޗު މަހުން ފެށިގެން ދުވާލެއްގެ މައްޗަށް 20 ފްލައިޓް ކެންސަލް ވަމުން ދިޔަނަމަވެސް މިހާރު ކެންސަލްވާ ފްލައިޓުގެ އަދަދު ވަނީ 16 އަށް މަދުވެފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ފްލައިޓްތަކެއް ކެންސަލްވިނަމަވެސް އަންނަ ފްލައިޓްތަކުގެ ސީޓް ކެޕޭސިޓީ އިތުރުވަމުންދާކަން ފާހަގަ ވެފައިވެ އެވެ.

"ރާއްޖެ އަންނަ މަތިންދާ ބޯޓުގެ ފްލައިޓުގެ ކެޕޭސިޓީ ދަނީ ބޮޑުތަނުން އިތުރުވަމުން. ސީޓް އޮކިއުޕައި ކުރާ އަދަދު އިތުރު މިދިޔަ މާރިޗު މަހު ސީޓް އޮކިއުޕެންސީ 65 ޕަސެންޓުގައި ހުރިނަމަވެސް މިހާރު މި އަދަދު ވަނި 70 ޕަސެންޓަށް އިތުރުވެފަ. މީގެ ތެރޭގައި ބައެއް ފްލައިޓްތައް އެރޯފްލޯޓް މިދިޔަ އަހަރު ޕަސެންޓްގައި ހުރީ ނަމަވެސް މިއަހަރު 95 ޕަސެންޓުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ބައެއް އެއާލައިންތަކުގެ އޮކިއުޕެންސީއަށް އައި ބަދަލު

  • އޭރޯފްލޯޓް - %84 އިން %95 އަށް
  • ޓާކިޝް އެއާލައިން - %71 އިން %95
  • ސްރީލަންކަން - %55 އިން %75
  • ސިންގަޕޫރު އެއާލައިން - %64 އިން %74

މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފްލައިޓްތައް ކެންސަލްވިނަމަވެސް ރާއްޖެއަށް އޮތް ޑިމާންޑް ދަށްވިކަމަށް ނުދައްކަ އެވެ.

"އެކަން އެނގެނީ ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން އެކި ގޮތްގޮތުން ފްލައިޓް ހޯދައިގެން އަންނަމުން ދަނީ. އެހެންވެ ގަބޫލުކުރާ ގޮތުގައި ރިސޯޓްތަކުންވެސް ޕްރޮމޯޝަންސް އާއި މާކެޓިން އެކްޓިވިޓީސްވެސް ހިންގާ. އެހެންވެ މި ބަަލަނީ އިތުރު ގައުމުތަކާއި ފްލައިޓް އިތުރު ކުރާ ފަރާތްތަކުން ފްލައިޓް އިންކްރީޒް ކުރަން މިދަނީ މަސައްކަތް ކުރަމުން އެ ފަރާތްތަކާ ވާހަކަ ދައްކަމުން،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ އިތުރުން ފްލައިޓްތަކާ ވާހަކަ ދައްކަމުންދާއިރު ބައެއް އެއާލައިންތަކުން ފްލައިޓްވެސް ދަނީ އިތުރު ކުރަމުންނެވެ. މިގޮތުން ހޫނު މޫސުމުގައި ޓާކިޝަން އެއާލައިނުން ފަސް ފްލައިޓުން ހަ ފްލައިޓަށް އިތުރުކޮށް އޮކްޓޫބަރު މަހުން ފެށިގެން 10 ފްލައިޓުން 14 ފްލައިޓަށް އިތުރު ކުރަން ދަނީ ވާހަކަ ދައްކަމުންނެވެ. "ބެލަރޫސް އެއާއާވެސް މިދަނީ ވާހަކަ ދެކެވެމުން. މި މަސައްކަތްތަކުން އެހެން ގައުމުތަކާ ބަލާއިރު ޑިޕްކުޑަވޭ. ނަމަވެސް އެނގޭ ޓޫރިޒަމް ފަރާތްތަކަށް ދަތިތައް ކުރިމަތިވާކަން. އެކަން ހައްލު ކުރަން ވެސް މިދަނީ މަސައްކަތް ކުރަމުން،" ތޯރިގު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.