ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ ޒުވާނުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނައްޓައި، ކާރެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުން ބުނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި، މިއަދު މެންދުރު 14:16 ހާއިރު އެކްސިޑެންޓްވެފައިވާ ކަމަށެވެ.
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ ޒުވާނުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފަހަތުގައި އިނީ 19 އަހަރުގެ ފިރިހެނެކެވެ.
"މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން،" ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.