މި އެއްބަސްވުމާއެކު ޓުއާ ގައިޑިން ދާއިރާ އިން ރާއްޖޭގައި ސަޓިފައިޑް ޒުވާން ދިވެހީން ތަކެއް ދާއިރާއަށް ނުކުންނާނެއެވެ.

އައިލަންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިޔުކޭޝަން (އައިއައިޓީއީ) އިން މޯލްޑިވްސް ޓޫރިޒަމް އެންޑް ޓުއާ ގައިޑްސް އެސޯސިއޭޝަން (އެމްޓީޓީއޭ) ގުޅިގެން ރާއްޖޭގައި ޓުއާ ގައިޑުން ތަމްރީން ކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ޓޫރިޒަމް ސިނާއަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ވަޒީފާ ކަމަށް ޓުއާ ގައިޑުން ތަމްރީން ކުރުމުގެ އެއްބަސްވުމުގައި މި އެއްބަސްވުމުގައި އައިލަންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިޔުކޭޝަން (އައިއައިޓީއީ) ގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ އިންސްޓިޓިއުޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން އާދިލް ރަޝީދު އަދި މޯލްޑިވްސް ޓޫރިޒަމް އެންޑް ޓުއާ ގައިޑްސް އެސޯސިއޭޝަން (އެމްޓީޓީ.އޭ) ގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ އެސޯސިއޭޝަންގެ ފައުންޑަރ އަދި ޕްރެޒިޑެންޓް މުހައްމަދު އިމްތިޔާޒް އަބްދުއްސަމަދެވެ.
ޓުއާ ގައިޑިން ދާއިރާ އިން ރާއްޖޭގައި ސަޓިފައިޑް ޒުވާން ދިވެހީން ތަކެއް ދާއިރާއަށް ނެރުމުގެ މަޤްސަދުގައި އައިއައިޓީއީ އިން ވަނީ އެމްޓީޓީއޭ އާއި ގުޅިގެން މަސައްކަތް ތަކެއް ފަށާފަ އެވެ. އެގޮތުން ކުރިޔަށް މި އޮތް އަހަރުތަކުގެ ތެރޭގައި ނޭޝަނަލް ސެޓިފިކޭޓް ތިނެއް އަދި ހަތަރެއްގެ ޓުއާ ގައިޑިން އަދި މީގެ އިތުރުން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ގައިޑުންނަށް ރަސްމީ ސަނަދެއް ހޯދައި ދިނުމުގެ މަޤްސަދުގައި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން ޕްރޮގްރާމް ވެސް ކުރިޔަށް ގެންދިޔުމަށް ތާވަލުކުރެވިފައިވެ އެވެ.