24 ގަޑިއިރު ތެރޭ ސިޔާސީ ގިނަ މޫނުތަކެއްގެ މަގާމު ގެއްލިއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ ސަރުކާރުން ވަނީ ސަރުކާރު ގިނަ ކުންފުނިތައް ހިންގުވެވުމާ ހަވާލުވެ ހުންނެވި އިސްވެރިން ހިމެނޭހެން ސިޔާސީ ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފަ އެވެ.

މިދިޔަ 24 ގަޑިއިރުތެރޭ މަގާމު ގެއްލުނު އިސް ބައެއް ފަރާތްތައް

މިދިޔަ 24 ގަޑިއިރު ތެރޭ ސަރުކާރުގެ ކުންފުނިތައް ހިމެނޭހެން ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބަޔަކު މަގާމުން ވަކިކޮށްފި އެވެ. 

ސަރުކާރުން މިދިޔަ 24 ގަޑިއިރު ތެރޭ ވަކިކުރި އެންމެ ފާހަރަކޮށްލެވޭ ފަރާތަކީ ޕީޕީއެމް ސަރުކާރާއި ޑީއާރުޕީގައިވެސް އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ. އޭނާ ސަފީރުގެ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަސްމާ ރަޝީދުގެ އޯޑިއޯ ލިކުވެފައިވަނިކޮށެވެ. ކުރިން ވެސް އިންތިހާބަކާ ދިމާކޮށް ސަރުކާރަށް ސަޕޯޓް ހޮދުމުގެ ނަމުގައި ރައީސްއަށް ކުރަން ޖެހޭ ސުވާލުތަކެއް އާއްމުންގެ އަތުން ހޯދި މައްސަލައެއްގައި އަސްމާ ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. 

މުންދުގެ އިތުރުން އަސްމާ އާއިލާގައި ހިމެނިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ހުސައިން ޝަރީފް (އަސްމާގެ ދަރިކަނބަލުން) އާއި އދ.އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބުގެ މަގާމުގައި ހުންނެވި ޑރ. ސަލްމާާ ރަޝީދު (އަސްމާގެ އެއްބަޑު އެއްބަފާ ކޮއްކޮ) ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. 

މީގެ އިތުރުން ވަކިކުރި ފަރާތްތައް

  •  އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން
  •  ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު
  •  އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ
  •  އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީ ޝާހިދު
  •  އެޗްޑީސީގެ ޑީއެމްޑީ މުހައްމަދު އަސްބާހު

ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ސިޔާސީ ގިނަ ބަޔަކު ހިމެނޭހެން މަގާމު ވަކިކޮށްފައިވާއިރު މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުގައިވެސް ވަނީ ސަރުކާރަށް ނާކާމިޔާބުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.