ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕީސީބީއިން ދާދި ދެންމެއަކު ބުނީ ހ. ހަބަރުގެ، ޑީސީޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން، މިއަދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެމަޤާމުން ވަނީ ވަކިކޮށް ފައެވެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން އިސްތިއުފާ ދެއްވައިފި އެވެ.
ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕީސީބީއިން ދާދި ދެންމެއަކު ބުނީ ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން، މިއދި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެމަޤާމުން ވަނީ ވަކިކޮށް ފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވި ރިޝްވާންއަކީ ސިފައިންނާއި ފުލުހުންގެ އިސް މަގާމު ތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެންމެފަހުން އަދާކުރެއްވި ވަޒީފާއަކީ އައިޖީއެމްޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމެވެ. މީގެ އިތުރުން ކަރެންޝަންގެ އިސް މަގާމު ތަކެއް ވެސް އޭނާ ފުރުއްވާފައިވެ އެވެ.