މި އުފާވެރި ރޭ، ވަރަށް ހިތްދަތި ވެއްޖެ: ނަޝީދު

ޖަލްސާ ފެށިގެން ދިޔައިރު ނަޝީދު އިންނަވަން ބޭންދި ގޮނޑި ހުރީ ހުހަށެވެ. އެ ގޮނޑީގެ ދެފަރާތުގައި ތިއްބެވީ ރައީސް ސޯލިހު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބާއްވާ އުފާފާޅުކުރުމުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވުމުން ޖަލްސާ ބޮއިކޮޓް ކުރައްވައިފި އެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީގެ އިސްވެރިންނާއި ކުރިއަށް އޮތް ދައުރަށް އިންތިހާބުވި ގިނަ އެމްޑީޕީގެ ކެނޑިޑޭޓުން ބައިވެރިވެ އެވެ.

ޖަލްސާގެ އެޖެންޑާ އެންމެ ފުރަތަމަ ހެދިއިރު، ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފަސް ސިޓީއަށް އިންތިހާބުވި ފަސް މޭޔަރުންނާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަންއަބްދުލްޣަފޫރު މޫސާ ވާހަކަ ދައްކަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ނަމަވެސް ވަގުތު ކައިރިވެފައި ވަނިކޮށް އެޖެންޑާ ބަދަލުކޮށް، ރައީސް ނަޝީދު އަދި ރައީސް ސޯލިހުވެސް ވާހަކަފުޅު ދެއްކެވުން އޮތީ އެޖެންޑާއިން ނަގައިފަ އެވެ. އެހެންވެ، އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވެ، ރައީސް ނަޝީދު ޖަލްސާއަށް ވަޑައިގެންފައެއް ނުވެ އެވެ.

ޖަލްސާ ފެށިގެން ދިޔައިރު ނަޝީދު އިންނަވަން ބޭންދި ގޮނޑި ހުރީ ހުހަށެވެ. އެ ގޮނޑީގެ ދެފަރާތުގައި ތިއްބެވީ ރައީސް ސޯލިހު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ. 

މިކަމާ ގުޅުވައި ނަޝީދު ވަނީ މިރޭ އެކްސްގައި ޕޯސްޓެއް ވެސް ހިއްސާ ކުރައްވާފަ އެވެ.

ވިދާޅުވީ؛ "މި އުފާވެރި ރޭ، ވަރަށް ހިތްދަތި ވެއްޖެ" މިހެންނެވެ.

ނަޝީދަށް ތާއީދުކުރާ ގިނަ ޕާޓީގެ ސަޕޯޓަރުންނާއި ނަޝީދުގެ އަރިސް ގިނަ ބޭފުޅުން ވަނީ މި ސަބަބާހުރެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ގިނަ ގޮނޑި ކާމިޔާބުވުމުގެ އަސްލަކީ ރައީސް ނަޝީދު ކެމްޕޭނަށް ނުކުންނަވައި ކުރެއްވި މަސައްކަތްޕުޅު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.