ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު ވެސް ވަކޮށްފައިވެ އެވެ.

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތް، ހުސެއިން ދީދީ މިއަދުން ފެށިގެން ވަނީ ވަކިކޮށްފަ އެވެ.
ސަރުކާރުން ވަނީ މިއަދު ގިނަ މަގާމުތަކެއްގައި ތިއްބެވި ވެރިން އެ މަގާމުތަކުން ދުރުކޮށްފަ އެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު ވެސް ވަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަސްމާ ރަޝީދުގެ އޯޑިއޯ ލިކުވެފައިވަނިކޮށް، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގައި ހުންނެވި އޭނާގެ ދަރިކަލުން މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގައި ހުންނެވި ހުންނެވި އޭނާގެ ކޮއްކޮ ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފަ އެވެ.