ކުރިން ހުރި އަގަށް ތެޔޮ މަސްދަޅުގެ އަގު ބަދަލުކޮށްފި

އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސް ފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސްދަޅުތަކެއް: ރޯދަމަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ލިބޭނެ --

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިފްކޯއިން މިއަދު އަގުބޮޑު ކުރި ތެޔޮ މަސްދަޅުގެ އަގު ކުރިން ހުރި އަގަށް ބަދަލުކޮށްފި އެވެ.

މިފްކޯ އިން މިއަދު ބުނެފައިވަނީ ހަނގުރާމަ ފެށުމުގެ ކުރިން 11.57ރ. ‏އަށް ލިބެމުން ދިޔަ ތެޔޮ މިހާރު ލިބެނީ 14.32ރ. އަށް ކަމަށެވެ. އެހެންކަމުން، 17.30ރ. ވިއްކަމުންދިޔަ ތެޔޮ މަސްދަޅެއް 18.30ރ. އަށް ބޮޑުކޮށް، ކުރިން 760ރ. ލިބުނު ތެޔޮ މަސްދަޅު ކޭސް ދެން ވިއްކާނީ 800ރ. އަށް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ފާޑުކިޔުން އަމާޒުވުމުން މިފްކޯއިން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. އެކުންފުނިން ބުނީ ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.


އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސް ފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިންގުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން، މިފްކޯއިން ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރަސްމީ މަސައްކަތުގެ ގަޑި ވެސް މިއަދުން ފެށިގެން ވަނީ ކުރުކޮށްފަ އެވެ. މިގޮތުން، ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަނޑައަޅާފައި އޮތް ރަސްމީ ގަޑި، މިއަދުން ފެށިގެން ވަނީ ހެނދުނު 8:00 މެމްނަރު 2:00 އަށް ކުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.