ހަ މަސްތެރޭ ހައި ސެކިއުރިޓީ ޖަލެއް ހަދަނީ

ހައި ސެކިއުރިޓީ ޖަލެއް ނެތުމުން ރާއްޖެއަށް މިހާރު ދަތިވެ އެވެ. އެހެންވެގެން ހޯމް މިނިސްޓަރީން މިހާރު ބޭނުން ވަނީ ހަމަސްތެރޭގައި އެފަދަ ޖަލެއް އަޅައި ނިންމާށެވެ.

އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި: އޭނާ ވިދާޅުވާ ގޮތުގައި ހަ މަސް ތެރޭ ހައި ސެކިއުރިޓީ ޖަލެއް އެޅޭނެ -- މަޖިލިސް

ރާއްޖޭގައި އަދި ހައި ސެކިއުރިޓީ ޖަލެއް ނެތުމުން ގޮންޖެހުން އޮތް ކަމަށާއި ބޮޑެތި ކުށްތަކުގައި ހައްޔަރު ކުރާ މީހުނާއި، މުޖުތަމަށް ނުރައްކާތެރި ކުށެވެރިން ބައިތިއްބަން އެފަދަ ހައި ސެކިއުރިޓީ ޖަލެއް ހަދަން މަސައްލަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ "ޕީއެސްއެމް" ގައި އިމްރާން ވިދާޅުވީ ބޮޑެތި ކުށްތަކުގައި ހުކުމް ކުރާ މީހުނާއި އެހެން ގައިދީން ބަންދުގައި ގެންގުޅޭއިރު އެއް ތަނެއްގައި ބައިތިއްބަން ޖެހުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި އެ ގޮންޖެހުމަށް ނިމުން ގެންނަން ހައި ސެކިއުރިޓީ ޖަލެއް ހަދަން ފަށާ ހިސާބަށް މަސައްކަތް ގެންދެވިފައިވާ ކަމަށެވެ.

އެކަން ކުރާ ގޮތެއް ވެސް އެ ޖަލު ހަދާ ތަނެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ.

"ދުނިޔޭގެ ތަންތަން ބަލައިގެން ދިރާސާކޮށް ޑިޒައިން ކޮށްގެން މިހާރު ވަނީ މަސައްކަތް ފަށާ ހިސާބަށް ގެންދެވިފައި. ކުރިއޮތް ހަ މަސްދުވަހުގެ ތެރޭގައި އެތަން ގާއިމު ކުރެވޭނެ،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ޖާގަ އިތުރު ކުރުން ކުރި މަސައްކަތުން މިދިއަ ހަތަރު އަހަރުން 250 ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.