ފެނަކައިގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

ސިފައިންގޭގައި 21 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ނަޖާހު، ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަނުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު މިއަދު ވަނީ ވަކިކޮށްފައި. --ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު މިއަދު ވަކިކޮށްފި އެވެ.

ޕީސީބީން މިއަދު ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ.ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. 

ނަމަވެސް، އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ބުނެފައެއް ނުވެ އެވެ.

ސިފައިންގޭގައި 21 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ނަޖާހު، ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަނުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. 

ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށާއި އެމްޑީގެ މަގާމަށް ނަޖާހު އައްޔަނު ކޮށްފައި ވަނީ، އެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 

އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ފެނަކަ އޮތް ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރައްވަން އުނދަގޫ ކަމަށް ވިދާޅުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.