
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން ހިންގުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން، އެ ކުންފުނިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު 1ރ. އިން ބޮޑުކޮށްފި އެވެ.
މިފްކޯއިން ބުނީ އެ ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.
މިގޮތުން، ހަނގުރާމަ ފެށުމުގެ ކުރިން 11.57ރ. އަށް އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު ލިބެނީ 14.32ރ. އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން، 17.30ރ. ވިއްކަމުންދިޔަ ތެޔޮ މަސްދަޅެއް 18.30ރ. އަށް ބޮޑުކޮށްފައިވާއިރު، ކުރިން 760ރ. ލިބުނު ތެޔޮ މަސްދަޅު ކޭހެއް ދެން ލިބޭނީ 800ރ. އަށް ކަމަށް މިފްކޯއިން ބުންޏެވެ.
ހިންގުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން، މިފްކޯއިން ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރަސްމީ މަސައްކަތުގެ ގަޑި ވެސް މިއަދުން ފެށިގެން ވަނީ ކުރުކޮށްފަ އެވެ.
މިގޮތުން، ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަނޑައަޅާފައި އޮތް ރަސްމީ ގަޑި، މިއަދުން ފެށިގެން ވަނީ ހެނދުނު 8:00 މެމްނަރު 2:00 އަށް ކުރުކޮށްފަ އެވެ.