ކައުންސިލުން ދެ ގޮނޑި ޖޭޕީ އަށް އަދި ދެ ގޮނޑި ލިބުނީ ޕީއެންސީއަށެވެ. އަދި އެމްޑީޕީ އަށް ލިބުނީ އެއް ގޮނޑި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ މާމިގިލީ ދާއިރާ ކައުންސިލްގެ މެޖޯރިޓީ އަބަދުވެސް ކާމިޔާބު ކުރަނީ އެ ޕާޓީގެ މެންބަރުންނެވެ.
ނަމަވެސް މިދިޔަ ކައުންސިލް އިންތިހާބުގައި ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ޖޭޕީ އަށް ލިބުނީ ދެ ގޮނޑި އެވެ. އެއީ ރައީސްގެ ގޮނޑި އާއި މެންބަރު ކަމުގެ އެއް ގޮނޑި އެވެ.
ދެން އިން ދެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އަދި އެމްޑީޕީ އަށް އެއް ގޮނޑި ލިބުނެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑީގެ ތެރެއިން ރައީސް ހިމެނޭ ގޮތަށް މެޖޯރިޓީ ތިން ގޮނޑި ކާމިޔާބު ކުރީ ޕީއެންސީންނެވެ.