ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޑިފެންސް މިނިސްޓްރީން މި ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވައިލީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހުގެ 2:00 އަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ މާދަމާގެ 2:00 އަށް އިތުރުކޮށްފަ އެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ ބައިވެރިން -- ފޮޓޯ: އެމްއެންޑީއެފް

ދިވެހި ވަތަނީ ހިދުމަތުގެ ތިންވަނަ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވައިލި މުއްދަތު އިތުރު ކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން މި ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވައިލީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހުގެ 2:00 އަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ މާދަމާގެ 2:00 އަށް އިތުރުކޮށްފަ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގައިވާނަމަ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ މީހަކަށ،ް އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭނެ އެވެ. އަދި ޓްރޭނިން ފުރިހަމަ ކުރުމަށްފަހު ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުސަތުވެސް ފަހިކޮށްދޭނެ އެވެ.

ތިން މަސް ދުވަހަށް މި ޕްރޮގްރާމު ހިންގާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.