އެމްޓީސީސީ އިން މިހާރު ކުރަމުން ގެންދަނީ ބޮޑުތަކުރުފާނު މަގުގެ ފޭސް އެކެއް ހިމެނޭ ހަތަރު ސެގެމެންޓްގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދެކެވެ

ބޮޑު ތަކުރުފާނު މަގު ހަދަން އެމްޓީސީސީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން، މިހާރު ތަރައްގީކުރަމުންދާ ސަރަހައްދުގެ އެއްގަމުތޮށި ހަދަން 143 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލިން ނިންމާލައިިފި އެވެ.
އެމްޓީސީސީ އިން މިހާރު ކުރަމުން ގެންދަނީ ބޮޑުތަކުރުފާނު މަގުގެ ފޭސް އެކެއް ހިމެނޭ ހަތަރު ސެގެމެންޓްގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދެކެވެ.
އެ ކުންފުނިން ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ ސެގްމަންޓަކަށް ބަހާލައިިގެންނެވެ. މި މަަސައްކަތްތަކުގެ ދަށުން ޝީޓް ޕައިލް ކުރުމުގެ މަސައްކަތާއި، ސައިޑް ވޯކް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު 143 މީޓަރުގެ ސަރަހައްދެއްގައި ސީޓް ޕައިލް ކުރަން އޮތީ ނިންމާފަ އެވެ. އެ މަަސައްކަތް މިހާރު މިވަނީ ނިންމާލާފަ އެވެ.
މާލެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު އެއްނަމްބަރު ފާލަމުން ފެށިގެން ނޯޓްހާބަރާ ހަމައަށް ވަނީ މަގު ފުޅާކޮށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މި ސަރަހައްދުގެ ބޮޑުމިނުގައި ޖުމުލަ 380 މީޓަރު ހުރެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.