ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ މެހުމާންދާރީ އާއި ހުރިހާ ހަރަދެއް ހަމަޖައްސައިދެނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މާދަމާ އުމްރާގެ އަޅުކަމަށް ފުރައިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ މެހުމާންދާރީ އާއި ހުރިހާ ހަރަދެއް ހަމަޖައްސައިދެނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.
އަދި މި ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއް މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މީގެ ކުރިންވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަން އަދާކުރައްވާފަ އެވެ. އަދި ހައްޖަށްވެސް އެމަނިކުފާނުގެ ދެކަނބަލުން ވަޑައިގެންފައިވެ އެވެ.