ރަންބީރު އޭނާގެ "ޝަމްޝޭރާ" ގައި ކުޅެނީ ވަރަށް ވަރުގަދަ ރޯލެކެވެ. އެ ފިލްމުގައި ނުބައިބައި ކުޅެނީ ސަންޖޭ ދަތެވެ. އެންމެ ފުރަތަމަ ސަންޖޭގެ އެ ރޯލު ކުޅެން ބޭނުންވީ ރަންބީރެވެ. ފިލްމު އުފެއްދި ފަރާތުން އެ ރޯލު ރަންބީރަށް ނުދިނީ އެވެ.
ބޮލީވުޑގެ ތަރި، ރަންބީރު ކަޕޫރު ބުނެފައި ވެ އެވެ: "އަހަރެން ބޭނުންވަނީ މީހުން ދުވަހަކުވެސް ހަނދާން ނުނެތޭ ވަރުގެ ނުބައި ނުލަފާ މީހެއްގެ ރޯލު ކުޅެން. ދަރިން ނުނިދައިގެން އުޅޭ އިރު އަވަހަށް ނިދާށޭ ނޫނީ ރަންބީރު އަތުވެދާނޭ ކިޔާ މިސާލު ޖަހާލެވޭ ވަރުގެ ކެރެކްޓާ ކުޅެން،"
ރަންބީރު އޭނާގެ "ޝަމްޝޭރާ" ގައި ކުޅެނީ ވަރަށް ވަރުގަދަ ރޯލެކެވެ. އެ ފިލްމުގައި ނުބައިބައި ކުޅެނީ ސަންޖޭ ދަތެވެ. އެންމެ ފުރަތަމަ ސަންޖޭގެ އެ ރޯލު ކުޅެން ބޭނުންވީ ރަންބީރެވެ. ފިލްމު އުފެއްދި ފަރާތުން އެ ރޯލު ރަންބީރަށް ނުދިނީ އެވެ.
އިންޓަވިއުއެއްގައި ރަންބީރު ބުނި ގޮތުގައި ހިންދީ ސިނަމާގެ "ބޭޑް ބޯއީޒް" އަށް އޭނާގެ ހިތުގައި އަބަދުވެސް ވަރަށް ބޮޑު ލޯތްބެއް އޮވެ އެވެ. އަދި ވަރުގަދަ ނެގެޓިވް ރޯލުތައް ކޮންމެވެސް ދުވަހަކުން ކުޅުމަކީ ދެކޭ ހުވަފެނެކެވެ. އެގޮތުން "ޝޯލޭ"ގެ އަމްޖަދު ހާން ކުޅުނު ގައްބަރު ސިންގްގެ ކެރެކްޓާ، "މިސްޓަ އިންޑިއާ" ގައި އަމްރިޝް ޕޫރީ ކުޅުނު "މޮގެމްބޯ" ގެ ކެރެކްޓާ އާއި "އަގްނީޕަތު"ގައި ސަންޖޭ ދަތު ކުޅުނު ކަންޗާ ޗީނާގެ ކެރެކްޓާ އާއި "ޕަދްމާވަތު"ގައި ރަންވީރު ސިންގް ކުޅުނު އަލާއުއްދީން ޚިލްޖީގެ ކެރެކްޓާ، އާއި "ޑަރް" ގައި ޝާހް ރުކް ހާން ކުޅުނު ކެރެކްޓާ އަކީ ރަންބީރަށް މަގްބޫލު ނެގެޓިވް ކެރެކްޓާތަކެވެ.