ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު، އެ މަގާމަށް އަހުމަދު މުހައްމަދު އައްޔަންކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވަނީ ލަފާ ދީފަ އެވެ.

މި ސަރުކާރުގެ ތިންވަނަ ޕޮލިސް ކޮމިޝަނަރަކަށް، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު (ޓޫފޯ) އައްޔަންކު ކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ 19 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން އަހުމަދު މުހައްމަދު ހިމެނޭހެން ތިން ބޭފުޅަކު ކުރިމަތި ލެއްވި އެވެ. ދެން ކުރިމަތިލެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަބްދުالله ޝަރީފެވެ.
ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު، އެ މަގާމަށް އަހުމަދު މުހައްމަދު އައްޔަންކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވަނީ ލަފާ ދީފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އޭނާއަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.
ނަވީސް ރިޓަޔާ ކުރެއްވުމުން ފުލުހުންގެ ހިދުމަތާ ހަވާލުވެ ހުންނެވީ ފަރުހާދެވެ. ނަވީންގެ ކުރިން އެމަގާމުގައި ހުންނެވީ އަލީ ސުޖާއު އެވެ. އޭނާވެސް ވަނީ ރިޓަޔާ ކުރައްވާފަ އެވެ.