އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ކައުންސިލަކާ ގުޅިގެން މަސައްކަތް ކުރާނަން: މިނިސްޓަރު

"އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ،"

ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް

އެއްވެސް ތަފާތު ކުރުމެއް ނެތި، ހުރިހާ ކައުންސިލަކާވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން، ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްވައިފި އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ވަނީ ލިބިފަ އެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިދިކޮޅު އެމްޑީޕީއަށް ކައުންސިލްތަކުގެ ގިނަ ގޮނޑިތައް އަދި ހުރިހާ ސިޓީއެއްގެ މެޖޯރިޓީ ވަނީ ލިބިފަ އެވެ.

މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އިންތިހާބު ކާމިޔާބު ކުރި ހުރިހާ ފަރާތްތަކަށް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

އަދި ވިދާޅުވީ އަލަށް އިންތިހާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ ނެގި ވޯޓުގައި، ހުރިހާ ސިޓީއެއްގެ މޭޔަރުގެ ގޮނޑިވެސް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. މިއީ ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.