ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ބޮޑު ބާރެއް އޮތް އުކުޅަހާއި މާފުށީގެ މައިގޮނޑިތައް ވަނީ ޕީއެންސީއިން ކާމިޔާބުކޮށްފަ އެވެ.

އިނދިކޮޅު އެމްޑީޕީގެ އަބަދުވެސް މެޖޯރިޓީއެއް އޮންނަ އުކުޅަހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބި، މާފުށި ކައުންސިލްގެ މެންބަރުގެ ބޮޑު ބަޔަކާއި ރައީސްކަން ސަރުކާރު ހިންގާ ޕާޓީ އިން ކޮންޓްރޯލްކޮށްފި އެވެ.
ރާއްޖޭގައި އިއްޔެ ބޭއްވި ތާރީހީ ލޯކަލް ކައުންސިލް އިންިތހާބާއި އަންހެނުން ކޮމެޓީ ހޮވުމުގެ އިންތިހާބުގައި ކުރިން އަބަދުވެސް ބޮޑު މެޖޯރިޓީއެއް އޮންނަ އއ. އުކުޅަހުން އެމްޑީޕީން ވާދަކުރި ކެނޑިނޭޓުންނަށް ވަނީ ނާކާމިޔާބީ ލިބިފަ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ރައީސްގެ މަގާމަށް ކުރިމަތިލެއްވި މިހާރުގެ ރައީސް ޝައުކަތު އިބްރާހިމް އާއި ޕީއެންސީގެ ކެނޑިޑޭޓް އަލީ ވަހީދުގެ ވާދަވެރި ކުރިމަތިލުމެވެ.
މި އިންތިހާބުގައި ޕީއެންސީގެ އަލީ ވަހީދުއަށް ވަނީ ވަގުތީ މަތީޖާ ދައްކާ ގޮތުން 375 ވޯޓު ލިބިފަ އެވެ. އަދި ޝައުކަތުއަށް ލިބިފައިވަނީ 307 ވޯޓެވެ. އެހެންވެ އަލީ ވަހީދު ވަނީ 55 ޕަސެންޓުގެ އަގުލަބިއްޔަތެއް ހޯދައި ރައީސްގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. މީގެ އިތުރުން އަންހެނުން ކޮމެޓީގެ ގޮނޑިވެސް ވަނީ ޕީއެންސީއިން ކާމިޔާބު ކޮށްފަ އެވެ.
މި ނަތީޖާގެ އިތުރުން ދެން އެންމެ ހައިރާން ކުރުވަނިވި ނަތީޖާއަކީ މާފުށީ ކައުންސިލްގެ މެންބަރުކަމާއި ރައީސްކަން ވެސް ޕީއެންސީއިން ކާމިޔާބު ކުރުމެވެ. ރައީސް މުހައްމަދު ނަޝީދު މާފުއްޓަށް ވަޑައިގެން ކެމްޕޭން ހަރަކާތްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މާފުށި ރައީސްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޕީގެ ކެނޑިނޭޓް ހަސަން ސޮލާހަށް ލިބިފައިވަނީ 296 ވޯޓެވެ. އަދި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަދި މިހާރު ކައުންސިލްގެ ނައިބް ރައީސްކަން ކުރައްވާ އަލީ ޝައްމޫން ވަނީ 410 ވޯޓު ހޯއްދަވާފަ އެވެ.

މާފުށި ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރުމާއެކު މިހާރުގެ ރައީސް ސޮލާހު ވަނީ ޝައްމޫން އަށް މަރުހަބާ ދަންނަވާފަ އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ހުރިހާ ސިޓީތަކެއްގެ މޭޔަރުންގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއިންނެވެ. އަދި ކައުންސިލްތަކުގެ ނަަތީީޖާާ ލިިބިިފަައިިވާ 498 ގޮނޑީގެ ތެރެއިން ގިނަ ގޮނޑިތަކެއް ލިބުނީ ޕީއެންސީއަށެވެ. ޕީއެންސީއަށް 220 ގޮނޑި ކާމިޔާބުކޮށް އަދި އެމްޑީޕީއަށް ލިބުނީ 207 ގޮނޑި އެވެ. އަދި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ނުވަތަ ޑަބްލިޔުޑީސީތަކުގެ ނަަތީީޖާާ ދައްކާ ގޮތުން ޕީއެންސީ އަށް 100 ގޮނޑި ލިބިފައިވާއިރު، އެމްޑީޕީއަށް ލިބުނީ 83 ގޮނޑި އެވެ. އަދި ޑަބްލިއުޑީސީތަކުގައި ޖުމްލަ 226 ގޮނޑި ހިމެނެ އެވެ.