"ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،"

މިއަދު ކުރިޔަށް ދިޔަ ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ބަލައިގަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ތަހުނިޔާ ވިދާޅުވެފަ އެވެ.
"ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޮޑު މެޖޯރިޓީއެއް ވަނީ ދެކޮޅު ހަދައިފަ އެވެ.
އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އެގޮތުން މާލެ ހިމެނޭހެން ހުރިހާ ސިޓީއެއްގެ މޭޔަރުގެ ގޮނޑި އެމްޑީޕީން ވަނީ ކަށަވަރު ކޮށްފަ އެވެ. އަދި ސިޓީތަކުގެ މެޖޯރިޓީވެސް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.