ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ : ފައްޔާޒު

އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ މިއަދުގެ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ދިވެހި ރައްޔިތުން ވަނީ ރައީސް ޑރ. މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- އިކޮނޮމިކް މިނިސްޓްރީގެ ފޮޓޯއެއް

މިއަދު ބޭއްވި އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށާ ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްލާއިލް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރުން ހޮވުމުގެ އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށް މިހާތަނަށް ގުނި ވޯޓުން ހާމަވެފައިވަނިކޮށް ފައްޔާޒު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި މިއަދު ބޭއްވި އިންތިހާބުގައި ކާމިޔާބު ހޯއްދެވި އެމްޑީޕީގެ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެންބަރުންނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ، މި ކާމިޔާބީގެ އަސްލަކީ ޕާޓީގެ ހިތްވަރުގަދަ އާންމުން މެންބަރުނާއި އެއް އަމާޒަކަށް މަސައްކަތް ކުރެއްވި ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ އެކްޓިން ޗެއާޕާސަން އަބްދު ގަފޫރު މޫސާ (ގަޕޯ) ގެ ލީޑާޝިޕް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ މިއަދުގެ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ދިވެހި ރައްޔިތުން ވަނީ ރައީސް ޑރ. މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް އިތުބާރުކޮށް، ރައީސްގެ ހުދުމުހުތާރު އެޖެންޑާއާ ދެކޮޅަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މިއީ ބާރުތައް މަސްހުނިކުރުމާއި އިގުތިސާދު ފަނާކުރުމާއި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ސާފު މެސެޖެއް ކަމަށެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް ގައުމީ މަސްލަހަތަށް މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާ ރައްޔިތުންގެ އަޑު އުފުލައި މި ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށް ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.