ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ގޮނޑި ދިފާއު ކޮށްފައިވަނީ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު އަޖީބާ ވާދަކޮށް ވަރަށް ކުޑަ ތަފާތަކުން ކަމަށް ވަގުތީ ނަތީޖާ ދައްކަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު 2026 ގައި ރާއްޖޭ ހުރިހާ ސިޓީއެއްގައި ތިބި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ މޭޔަރުން ދެވަނަ ދައުރަކަށް އިންތިހާބުވެފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
މިހާރު ރާއްޖޭގެ ފަސް ސިޓީގައިވެސް ތިބީ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުންނެވެ. ހުރިހާ މޭޔަރުން ވެސް ދެވަނަ ދައުރަކަށް ކުރިމަތިލާފައިވާއިރު، ތިނަދޫ ސިޓީ ފިޔަވައި އަނެއް ހަތަރު ސިޓީގެ މޭޔަރު ވަނީ ވަރަށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކޮށްފަ އެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ ބޮޑު ތަފާތަކުން ގޮނޑި ދިފާއުކޮށްފަ އެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ގޮނޑި ދިފާއު ކޮށްފައިވަނީ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު އަޖީބާ ވާދަކޮށް ވަރަށް ކުޑަ ތަފާތަކުން ކަމަށް ވަގުތީ ނަތީޖާ ދައްކަ އެވެ.
މީގެ އިތުރުން ސިޓީތަކުގެ ކައުންސިލް މެންބަރުގެ ގިނަ ގޮނޑިތަކާއެކު ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީން ވަނީ ކަށަވަރު ކޮށްފަ އެވެ.