އަދިވެސް 4 ފޮށި ބަންދު ނުކުރެވޭ، 490 ފޮށި ގުނަން ފަށައިފި

މި ތިން އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިރޭގެ 8:45 އާ ހަމައަށް ވޯޓުލާ ނިންމާލައި، ބަންދުކޮށްފައި ވަނީ 584 ވޯޓު ފޮއްޓެވެ. އަދި އޭގެތެރެއިން 490 ފޮށި ގުނަން ފަށާފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދަނީ.

މިއަދު ކުރިޔަށް ދިޔަ ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އަދިވެސް ހަތަރު ފޮށީގެ ވޯޓުލުން ކުރިއަށްދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މި ތިން އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިރޭގެ 8:45 އާ ހަމައަށް ވޯޓުލާ ނިންމާލައި، ބަންދުކޮށްފައި ވަނީ 584 ވޯޓު ފޮއްޓެވެ. އަދި އޭގެތެރެއިން 490 ފޮށި ގުނަން ފަށާފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ.

ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހަވީރު 5:00 އާ ހަމައަށެވެ. ވަގުތު ހަމަވުމުން ކިޔޫ ބަންދު ކުރި ނަމަވެސް ގިނަ ބަޔަކު ކިޔޫގައި ތިބުމުން ވަރަށް ގިނަ ފޮށިތައް ބަންދު ކުރެވުނީ 6 ވެސް ޖެހިފަހުންނެވެ.

މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ވޯޓު ދީފަ އެވެ. ނަމަވެސް ނަތީޖާ ލިބިފައިވަނީ ވަރަށް މަދު ފޮއްޓަކުންނެވެ.

މި އިންތިހާބުގައި ޖުމްލަ 294،876 މީހުންނަށް ވޯޓު ލެވޭއިރު، އެވަގުތާ ހަމައަށް 109،167 މީހުން ވޯޓު ނުލާ ކަމަށް އީސީން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.