އިންތިހާބާ ގުޅިގެން މާދަމާ އަދި ހޯމަ ދުވަސް ސަރުކާރު ބަންދު

ރައީސް އޮފީހުން ބުނީ މާދަމާއަކީ ބަންދު ދުވަހެއް ކަމަށް ރައީސް ކަނޑައެޅުއްވީ، އިންތިހާބުގެ އެކި މަސައްކަތްތަކުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި، ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ ކަމަށެވެ.

ރައީސް އޮފީސް --

މިއަދު ކުރިޔަށް ދިޔަ ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓާ ގުޅިގެން މާދަމާ އަދި ޖެހިގެން އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މާދަމާއަކީ ބަންދު ދުވަހެއް ކަމަށް ރައީސް ކަނޑައެޅުއްވީ، އިންތިހާބުގެ އެކި މަސައްކަތްތަކުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި، ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ ކަމަށެވެ.

އަދި އިންތިހާބަށްފަހު ވެސް އިންތިހާބާ ގުޅިގެން ހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ ޖެހިގެން އޮތް ހޯމަ ދުވަސްވެސް ބަންދު ކަމަށް ވަނީ ނިންމާފަ އެވެ. ހޯމަ ދުވަސް ބަންދުކުރީ އިލެކްޝަން ކޮމިޝަނުން އެދިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދު ކުރިއަށް ދިޔަ އިންތިހާބުގެ ގިނަ ވޯޓު ފޮށިތައް ބަންދުކޮށް، މިހާރު ދަނީ ބައެއް ފޮށިތައް ގުނުމުގެ މަސައްކަތް ކުރަމުންނެވެ. ކިޔޫ ބަންދުކުރަން ކައިރިވެފައި އޮއްވައި ބައެއް މަރުކަޒުތަކުގައި ވަނީ ދިގު ކިޔޫ ދަމާލާފަ އެވެ. އެހެންކަމުން އެ މަރުކަޒުތަކުގައި ވޯޓު ގުނާ ނިމުންވެސް ލަސްވެދާނެ ކަމަށް ބެލެވެ އެވެ.

އީސީ އިން އާންމުކޮށްފައިވާ ގޮތުގައި މިއަދުގެ 4:00 އާ ހަމައަށް ވޯޓު ލާފައި ވަނީ 62.98 ޕަސެންޓް މީހުންނެވެ. އެއީ 185،709 މީހުންނެވެ.

މި އިންތިހާބުގައި ޖުމްލަ 294،876 މީހުންނަށް ވޯޓު ލެވޭއިރު، އެވަގުތާ ހަމައަށް 109،167 މީހުން ވޯޓު ނުލާ ކަމަށް އީސީން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.