އިންތިހާބުގެ ވޯޓު ގުނަން ފަށައިފި

ވޯޓުލާ ކިޔޫ ބަންދުކޮށްފައި ވަނީ ހަވީރު 5:00 ގައެވެ. ކިޔޫގައި ތިބި އެންމެން ވޯޓުލައި ނިމުމާއެކު ވޯޓު ފޮށި ބަންދުކޮށް، ގުނަން ފަށާނީ އޭގެ 30 މިނެޓު ފަހުންނެވެ.

މީގެ ކުރިން އޮތް އިންތިހާބެއްގެ ވޯޓު ގުނަނީ -- މިރާ

މިއަދު ކުރިޔަށް ދިޔަ ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދިޔަ ބައެއް މަރުކަޒުތަކުން ވޯޓު ގުނަން ފަށައިފި އެވެ.

ވޯޓުލާ ކިޔޫ ބަންދުކޮށްފައި ވަނީ ހަވީރު 5:00 ގައެވެ. ކިޔޫގައި ތިި އެންމެން ވޯޓުލައި ނިމުމާއެކު ވޯޓު ފޮށި ބަންދުކޮށް، ގުނަން ފަށާނީ އޭގެ 30 މިނެޓު ފަހުންނެވެ.

ބައެއް މަރުކަޒުތަކުގައި ވަގުތު ހަމަވިއިރު ވަރަށް ބޮޑު ކިޔޫ އޮތެވެ. އެހެންކަމުން ވޯޓު ގުނުމުގެ ކަންކަން އެ މަރުކަޒުތަކުގައި ވަރަށް ބޮޑަށް ލަސްވެގެން ދާނެ ކަމަށް ބެލެވެ އެވެ.

ގަޑިއަށް ބަންދުކުރެވުނު ފޮށިތައް ގުނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެންމެ ފުރަތަމަ ގުނާނީ ލޯކަލް ކައުންސިލްތަކުގެ ވޯޓެވެ. އެއަށް ފަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ވޯޓު ގުނުމަށްފަހު ހިޔާލު ހޯދުމުގެ ވޯޓު ގުނާނީ އެންމެ ފަހުންނެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ގޮތުގައި މިއަދުގެ 4:00 އާ ހަމައަށް ވޯޓު ލާފައި ވަނީ 62.98 ޕަސެންޓް މީހުންނެވެ. އެއީ 185،709 މީހުންނެވެ. 

މި އިންތިހާބުގައި ޖުމްލަ 294،876 މީހުންނަށް ވޯޓު ލެވޭއިރު، އެވަގުތާ ހަމައަށް 109،167 މީހުން ވޯޓު ނުލާ ކަމަށް އީސީން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.