ފަޅުވެރިން ހަބަރު ހުސްވީ ޖަނަރޭޓަރަކުން ނުކުތް ދުމުގެ އަސަރު ކޮށްގެން

މިހާތަނަށް ބެލި ބެލުމުން، މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައި ހުރި ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓައި، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުން

ފަޅުވެރިން ހަބަރު ހުސްވި ބޯޓު --

މާލެ ނޯތު ހާބަރުގައި އޮތް ހއ. އަތޮޅުގެ 'ޑީއެމްއެމްއޭ އެކްސްޕްރެސް 5' ބޯޓުގެ ފަސް ފަޅުވެރިން ހާލު ދެރަވެ، ހަބަރު ހުސްވީ ޖެނެރޭޓަރަކުން ނުކުތް ދުމުގެ އަސަރު ކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.

އެ ބޯޓުގައި ތިބި ހަތަރު ބިދޭސީންނާއި ދިވެއްސެއްގެ ހާލު ދެރަވެގެން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:35 ހާއިރު އެވެ.

މި ހާދިސާގެ އަޕްޑޭޓެއް ހިއްސާކުރަމުން ފުލުހުން ބުނީ މިހާރު އެމީހުން ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެމީހުންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ.

މިހާތަނަށް ބެލި ބެލުމުން، މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައި ހުރި ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓައި، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

"މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރުފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުން ނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދަންނަވަން،" ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

އިތުރަށް ފުލުހުން ބުނީ ޖެނެރޭޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.