ގިނަ އަދަދެއްގެ ޑްރަގާއެކު މާލޭން ހަ މީހަކު ހައްޔަރު ކޮށްފި

މި އެޕްރީލް އެއްވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ މީހުން ހައްޔަރުކޮށްފި އެެވެ.

ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް އެއްވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ، ހަނީސީޒަން، މުހައްމަދު މާހިރު 36، އާއި ސ. ހުޅުދޫ، ސޯސަން، އަލީ އީޝާދު 32، އާއި މާލެ، ގ. ކަނދުމާގެއާގެ، އާހިލް އަލީ 23، އާއި ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް 23، އާއި ޅ. ހިންނަވަރު، ދުންތަރި، މުހައްމަދު ސުހާން އަހުމަދު 39، އަދި ލ. ގަން، މުކުރިމަގު. މަތަރެސްމާގެ، އަބްދުލްމާޖިދު އިބްރާހީމް 38، އެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ އީޝާދާއި މުހައްމަދު މާހިރާއި، ޢަބްދުލްމާޖިދު އިބްރާހީމާއި މުހައްމަދު ސުހާން 15 ދުވަހަށް، އާހިލް އަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.