ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ހައްގު އަދާކުރުމަށް ރައީސް ގޮވާލައްވައިފި

ރައީސް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ އަދި ގާނޫނީ ހައްގެއް ކަމަށެވެ. އެހެންކަމުން އެ އަސާސީ ހައްގު އަދާކުރުމަށް ވޯޓުގައި ބައިވެރިވުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވޯޓު ލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ހައްގު އަދާކުރުމުގެ ގޮތުން، ވޯޓުލާން ދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް، މިއަދު 8:50 ހާއިރު ތާޖުއްދީން ސްކޫލަށް ވަޑައިގެން ރައީސް ވަނީ ވޯޓު ލައްވާފަ އެވެ. 

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ކުރު ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ އަދި ގާނޫނީ ހައްގެއް ކަމަށެވެ. އެހެންކަމުން އެ އަސާސީ ހައްގު އަދާކުރުމަށް ވޯޓުގައި ބައިވެރިވުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

މި އިންތިހާބުގައި ޖުމްލަ 299،876 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް ޖުމްލަ 1،356 މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި މި އިންތިހާބުތައް ކުރިއަށް ގެންދިއުމަށް އަތޮޅުތެރެއާއި ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

ހުރިހާ ވޯޓުލާ މަރުކަޒެއްގައި މިހާރުވަނީ ވޯޓުލާން ފަށައިފަ އެވެ.

ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.