އީރާން ހަނގުރާމާގައި އެމެރިކާގެ ވައިގެ ސިފައިންނަށް ކަޅު ދުވަހެއް

އީރާނުން ވަނީ އެމެރިކާގެ އެންމެ ފަހުގެ ދެ ޖެޓް ވައްޓާލާފަ އެވެ. އަދި މި ގެއްލުމާއެކު އެމެރިކާ އޮތީ ހާސްކަަމެއްގެ ތެރޭގަ އެވެ. މީގެ އިތުރުން ދެ ހެލިކޮޕްޓަރަކަށް ހަމަލާ ދިނުމުން ވަނީ ސިފައިން ޒަހަމްވެފަ އެވެ.

އީރާނުގެ ވައިގެ ސަރަހައްދުގައި އިއްޔެ ދިން ހަމަލާގައި އެމެރިކާ ސިފައިންގެ އެންމެ ޒަމާނީ ހަނގުރާމަ މަތީ ދެ ޖެޓް ވައްޓާލާފައިވާކަން އެ ގައުމުން ކަށަވަރު ކޮށްދީފަ އެވެ. 

އެމެރިކާގެ ޕެންޓަގަންއިން ރަސްމީކޮށް މި ބޮޑު ގެއްލުމުގެ ވާހަކަ ނުދެއްވިނަމަވެސް އެ ގައުމުގެ އަސްކަރީ އިސްވެރިންނާ ހަވާލާދީ އެމެރިކާގެ ހުރިހާ ނޫހެއްގައިވަނީ އެ ހަބަރު ޝާއިއުކޮށްފަ އެވެ.

އެ ގައުމު މީޑިއާގައިވާ ގޮތުން ފުރަތަމަ ވައްޓާލި ޖެޓްގެ ދެ ޕައިލެޓުންގެ އެކަކު ވަނީ ފެނިފަ އެވެ. އަދި  އެއް ޕައިލެޓް އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހޯދައި ސަލާމަތްކޮށްފައިވާ  ކަމަށ ބުނެފައިވެ އެވެ. އީރާނު ސަރުކާރުން ދަނީ ނުފެނިވާ ޕައިލެޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެމީހާ ހޯދި ބަޔަކަށ ބޮޑު އިނާމެއްވެސް ވަނީ ހުށަހަޅާފަ އެވެ. މިއާއެކު އެ ޖެޓު ވެއްޓުނު ސަރަހައްދުގެ އާއްމުންނަށް ވަނީ އެ ޕައިލެޓް ހޯދުމުގެ މަަސައްކަތް ފަށާފަ އެވެ. 

މީގެ އިތުރުން މި މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރަށްވެސް ވަނީ އީރާނުން ހަމަލާދީފަ އެވެ. އެ ހަމަލާގައި ދެ ހެލިކޮޕްޓަރުގައި ތިބި ސިފައިން ޒަހަމްވެފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ. 

ހަބަރުތަކުގައިވާ ގޮތުން އީރާނުން ވައްޓާލާފަވަނީ އެމެރިކާގެ އެފް-15 ގެ ހަނގުރާމަމަތީ މަންތިދާ ބޯޓެކެވެ. މިއީ އެ ގައުމުވެ ވައިގެ ސިފައިންގެ ފަހުރެއްގެ ގޮތުގައި ބަލާ ބޯޓެކެވެ. މި ހަބަރާއެކު އެމެރިކާގައި ނުތަނަވަސްކަން އުފެދިގައިވައިރު، އީރާނުގެ ވައިގެ ހުރިހާ ދިފާއީ ނިޒާމެއް ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާއިން ކުރިން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.