ފުލުހުން މިއަދު ބުނީ ހާލު ދެރަވެގެން ހަބަރު ހުސްވެފައިވަނީ އެ ބޯޓުގައި ތިބި ހަތަރު ބިދޭސީންނާއި ދިވެއްސަކަށް ކަމަށެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ.

ފުލުހުން މިއަދު ބުނީ ހާލު ދެރަވެގެން ހަބަރު ހުސްވެފައިވަނީ އެ ބޯޓުގައި ތިބި ހަތަރު ބިދޭސީންނާއި ދިވެއްސަކަށް ކަމަށެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ.
ނޯތު ހާބަރުގައި އޮތް 'ޑީއެމްއެމްއޭ އެކްސްޕްރެސް 5' ބޯޓުގައި ހިނގި މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 6:35 ހާއިރު އެވެ.
ފުލުހުން ބުނީ މިހާރު އެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އެމީހުންގެ ހާލު ދެރަވާން މެދުވެރިވި ސަބަބު ސާފެއް ނުވެ އެވެ.
ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.