އުމުރުން 63 އަހަރުގެ އެމީހާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި އެކުދިންގެ ބައްޕަ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު 15:10 ހާއިރު މޫދުގައި ދެ ކުދިން އޮޔާދާތީ އެކުދިން ސަލާމަތް ކުރަން ދިޔަ އެކުދިންގެ ބައްޕަ ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
އުމުރުން 63 އަހަރުގެ އެމީހާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.
ނަމަވެސް އޮޔާދަނިކޮށް ސަލާމަތް ކުރި ދެ ކުދިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.